ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
ކުޅުދުއްފުށި ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް އެ ސިޓީގައި ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ކުޅުދުއްފުށި ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ، ކުޅުދުއްފުށި ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވުމަށް ބުރާސްފަތި ދުވަހު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.
ކުޅުދުއްފުށި ސިޓީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު މުޒްނާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަޒުވަރު ވިދާޅުވީ، މީގެ ކުރިން ފެނަކަ އިން ދެމުން އައި ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވި ނިންމުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަަކށް ގެންދިޔުމަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި ޑޮކްޓަރު އަޒުވަރު ވަނީ، ރައީސް މުޢިއްޒު އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ރައީސް މުޢިއްޒު ނިންމަވާފައި ވަނީ، ފެނަކަ އުވާލެއްވުމަށް ފަހު، ފެނަކަ އިން ދެމުން އައި ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލު ކުރެއްްވުމަށެވެ. މި ނިންމެވުމާ އެކު، ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނާނީ ސްޓެލްކޯ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް