Article Top
ޚަބަރު •

ފޭދޫ އަށް އުފާވެރިކަން: ރަށު ތެރޭގައި ހުރި އިންޖީނުގެ ނިއްވާލައި، ޚިދުމަތް އައު އިންޖީނުގެ އަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފޭދޫ އަށް އުފާވެރިކަން: ރަށު ތެރޭގައި ހުރި އިންޖީނުގެ ނިއްވާލައި، ޚިދުމަތް އައު އިންޖީނުގެ އަށް

ފޭދޫ އައު އިންޖީނުގެ --

ށ.ފޭދޫގައި މިހާތަނަށް ބޭނުން ކުރަމުން އައި ކުރީގެ އިންޖީނުގެ ނިއްވާލައި، ކަރަންޓުގެ ޚިދުމަތް ދިނުމަށް އައު އިންޖީނުގެ ބޭނުން ކުރަން ފަށައިފި އެވެ.

ފޭދޫގައި މީގެ ކުރިން ބޭނުން ކުރަމުން އައި ރަށު ތެރޭގައި ހުރި އިންޖީނު ގެއެކެވެ. އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އެތަކެއް ދަތިތަކެއް، އަދި އުނދަގޫ ތަކެއް ތަހަންމަލު ކުރަން ޖެހިފައިވެ އެވެ.

Advertisement
Article Inside

އެހެން ނަމަވެސް، މުޅިން އަލަށް ގެނެވުނު 400 ކިލޯވޯޓުގެ އައު ޖަނަރޭޓަރާ އެކު، ބުރާސްފަތި ދުވަހު ވަނީ ކަރަންޓުގެ ޚިދުމަތް އައު އިންޖީނުގެ އަށް ބަދަލުކޮށްފައި އެވެ. އެހެންކަމުން އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަ ތަކެއް ލިބި، މީގެ ކުރިން ތަހަންމަލު ކުރަމުން އައި އުނދަގޫ ތަކެއް ތަސައްލީއެއް ލިބިގެންދާނެ އެވެ.

އެކަމާ ގުޅިގެން ފޭދޫ ފެނަކަ ބްރާންޗުން ވަނީ އެކަމުގައި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި އެ ރަށު ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި، ފެނަކަ ކޯޕަރޭޝަންގެ ޓެކްނިކަލް ޓީމަށް ވެސް ޝުކުރު އަދާކޮށްފައި އެވެ.

Uploaded image

ފޭދޫ ފެނަކަ ބްރާންޗުގެ މެނޭޖަރު އަލީ އިމްތިޔާޒު ވިދާޅުވީ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް އެހައި ފުރިހަމަކޮށް ދިޔައީ ސަރުކާރުން އެކަމަށް ދިން އަހަންމިއްޔަތުގެ ސަބަބުންކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރުއަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރަށުތެރޭގައި އިންޖީނުގެ ހުރުމުގެ ސަބަބުން ފޭދޫގެ ރައްޔިތުންނަށް ދިމާވަމުންއައި ތަކުލީފުތައް ހައްލުކޮށްދެއްވުމަށް ފެނަކައިން ކޮށްދެއްވި މަސައްކަތަށް ފެނަކައިގައި މި ދައުރުގައި މަސައްކަތްކޮށްދެއްވި ހުރިހާ މެނޭޖިން ޑިރެކްޓަރުންނަށާއި ކުންފުނީގެ މެނޭޖުމަންޓަށް އިމްތިޔާޒު ޝުކުރުއަދާކުރެއްވިއެވެ.

ފޭދޫ ބްރާންޗުގެ މުވައްޒަފުން އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތްކުރިކަމަށް ވިދާޅުވެ އެ ބްރާންޗުގފެ ހުރިހާ މުވައްޒަފުންނަށާއި، އެ މަސައްކަތުގައި ބައިވެރިވި އެހެން ރަށްރަށުގެ ބްރާންޗުތަކުގެ މުވައްޒަފުންނަށް ވެސް އިމްތިޔާޒު ޝުކުރުއަދާކުރެއްވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު އައިއިރު ފޭދޫގައި ބިނާކުރަމުންއައި އައު އިންޖީނުގޭގެ މަސައްކަތް ވަކި ހިސާބަކަށް ގޮސް ހުއްޓިފައިހުރިކަމަށެވެ. މި ސަރުކާރު ހަވާލުވެ އެ އިންޖީނުގޭގެ މަސައްކަތް ނިންމުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށާއި އިންޖީނުގެ ބަދަލުކުރުމަށް ވެސް ގިނަ މަސައްތަކެއް ކުރިކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އޭރު ފޭދޫގައި އިމާރާތްކުރަމުންއައި އިންޖީނުގޭގެ މަސައްކަތް ހުއްޓާލައި، ތަން ވީރާނާވާން ދޫކޮށްލައި ހުރިކަމަށެވެ. އެހެންކަމުން މި ސަރުކާރުން ހަވާލުވެ އެ އިމާރާތުގައި ކޮށްފައިހުރި ގިނަ މަސައްކަތްތައް އަލުން ކުރަން ޖެހުނުކަމަށާއި، އެ އިންޖީނުގެ އޮޕަރޭޝަނަށް ނެރެވުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

Uploaded image

ފޭދޫގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރެވުމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީކުރިން ބޭނުންކުރަމުން އައި އިންޖީނުގެއަށް ވުރެ މާ ޖަގަ ތަނަވަސް، އިންޖީނުގެއަކަށް އޮޕަރޭޝަން ބަދަލުކުރެވުމުން ރައްޔިތުންނަށް އެ ބްރާންޗުން ދެމުންއައި ހިދުމަތް ވެސް އިތުރަށް ފުރިހަމަކުރެވޭނެކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރަށް ރަށުގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ރަށް ރަށުގެ ރައްޔިތުންނަށް ޒަމާނީ އިންޖީނުގެތަކާއި، ކަރަންޓުގެ ނިޒާމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް