Article Top
ޚަބަރު •

ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލު ދުއްވީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލު ދުއްވީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި!

މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު.

ފުލުހުއްްގެ ގައިގައި ޖެއްސި ސައިކަލު ދުއްވާފައި ދިޔައީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައިކަން ހާމަވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ސިނަމާލެ ބްރިޖުގެ ހައިވޭގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޤާނޫނީ ވާޖިބު އަދާ ކުރަމުން ދިޔަ ފުލުސް އޮފިސަރުގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސާފައިވާ ކަމަށެވެ. އެ ހާދިސާގައި ފުލުސް އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، ސީޕީ ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

Advertisement
Article Inside

އެ ހާދިސާއާ ގުޅޭ ގޮތުން ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ، އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެއީ ނުރައްކާތެރިކޮށް ވެހިކަލް ދުއްވަމުން އަންނަ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަން އަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެކަމުގައި އިތުރު ތިން ސައިކަލު ބައިވެރިވެފައިވާ ކަމަށް ވެސް ސީޕީގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެ މީހާ ސައިކަލު ދުއްވާފައި ވަނީ 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައިކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، އެ ސައިކަލު ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ވެސް ޖައްސާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ސައިކަލު ވަނީ ޓޯކޮށްފައި އެވެ. ސީޕީ ވިދާޅުވެފައި ވަނީ އަމާންކަމާއި، ރައްކާތެރިކަން ނަގާލާ މީހުންނާ ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ފުލުހުންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާ ކުރުމުގައި އެ މުއައްސަސާ ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ވެސް ސީޕީ ވަނީ ދެއްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް