ނޭޕާލްގެ ފެންބޮޑުވުމުގެ ހާދިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ: މިނިސްޓްރީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާ --
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާ އެ މިނިސްޓްރީން ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށާއި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް އަދި ލިބިފައިނުވާ ނުވާ ކަމަށެވެ.
މީގެއިތުރުން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ކާރިސާގައި އަސަރުކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނީ ބުނެފައިވެއެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވާ ނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ ނިސްޓްރީގެ ހޮޓްލައިން ނަންބަރު (9607983400+) އަށް ގުޅުމަށް ނުވަތަ ކޮންސިއުލާ އީމެއިލްއަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް