ކައްކާ ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު މާދަމާ އިން ފެށިގެން އިއާދަ ކުރަނީ
ލިޔުންތެރިޔާ
މޯލްޑިވް ގޭހުގެ މުވައްޒަފުން ގޭސް ފުޅިތަކެއް އުފުލުމުގެ މަސައްކަތް ކުރަނީ.
ރާއްޖެ އަށް ގޭސް އެތެރެކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމާ އެކު، ގޭހުގެ އަގު އުފުލުމުގެ ބަދަލުގައި ސިލިންޑަރުތަކަށް އަޅައިދޭ ގޭހުގެ ބަރުދަން ވަގުތީ ގޮތުން މަދުކުރުމަށް ނިންމި ނިންމުން، މާދަމާ އިން ފެށިގެން އިއާދަ ކުރެވޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުނެފި އެވެ.
މޯލްޑިވް ގޭހުން މި މަހުގެ 4 ވަނަ ދުވަހު އާންމުކުރި އިއާލާނެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މާކެޓުގައި ގޭހުގެ އަގުތައް ވަނީ މައްޗަށް ގޮސްފައި އެވެ. އަދި މީގެ ސަބަބުން ރާއްޖެ އަށް ބޭނުންވާ ގޭސް އެތެރެ ކުރުމުގައި ވެސް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި އެވެ.
ދުނިޔޭގެ ބާޒާރުގެ މި ހާލަތާއި، އެތެރެ ކުރުމުގެ ދަތިތަކަށް ރިއާޔަތްކޮށް، ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެނައުމަށް އެ ކުންފުނިން އޭރު ކަނޑަ އެޅި އެވެ.
އެ ނިންމުމާ އެއްގޮތަށް، 10 ކިލޯގެ ފުޅިއަކަށް އަޅައިދިނީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ ގޭސް އަޅައިންދިންއިރު، 45 ކިލޯގެ ބޮޑު ސިލިންޑަރަކަށް އަޅައިދިނީ 31 ކިލޯގެ ގޭހެވެ.
ނަމަވެސް، މޯލްޑިވް ގޭސް އިން ހުކުރު ދުވަހު ބުނީ، ކައްކާ ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު، މާާދަމާ އިން ފެށިގެން ކުރިން އޮތް ޙާލަަތަށް އިއާދަ ކުރެވޭނެ ކަމަށެވެ. އަދި ސަޕްލައި އަށް ދިމާވި މައްސަލަ މިވަގުތަށް ޙައްލު ކުރުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް