މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެ
ލިޔުންތެރިޔާ
ޒަކާތް ބަލައި ގަތުމުގެ މަސައްކަތުގެ ތެރެއިން.
މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގައި ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް އިންލެންޑް އެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން އާންމުކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް، އަހަރުގެ ފުރަތަމަ 10 މަސް ދުވަހު ވަނީ މުދަލު ޒަކާތުގެ ގޮތުގައި 114.9 މިލިއަން ރުފިޔާ ލިބިފައި އެވެ. މި އަދަދު ތަަކަށް ބަލާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ 10 މަސް ދުވަހަށް ވުރެ އިތުރު އަދަދެކެވެ.
އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ، 93.4 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، މިއަހަރު ވަނީ އެ އަދަދަށް ވުރެ، 23 އިންސައްތަ އިތުރުވެފައި ކަމަށް، މީރާގެ ތަފާސް ހިސާބުތަކުން ހާމަވެ އެވެ.
އެހެން ނަމަވެސް، އޮކްޓޫބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 5.2 މިލިއަން ރުފިޔާ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 5.5 މިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަށް ބަލާއިރު، މިއަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހަށް މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް