ކަންބޮޑުވުންތައް ސީދާ އެމްޑީއާ ހަމައަށް ގެންދެވޭ، "އާސްކްއެމްޑީ" އެޗްޑީސީ އިން ފަށައިފި
ލިޔުންތެރިޔާ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު ---
ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރު އާ ހަމައަށް ގެންދެވޭ ނިޒާމެއް ގާއިމްކޮށްފިއެވެ.
ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެޗްޑީސީއިން ބުނީ އެ ކުންފުންޏާ ދޭތެރޭ ރައްޔިތުން ދެކޭ ގޮތް، ނުވަތަ އެ ކުންފުންޏާ މެދު އެއްވެސް ޝަކުވާއެއް، ހިޔާލެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ މިހާރު އެ ކުންފުނީގެ އެމްޑީ ޒުހައިރުއަށް ސީދާ އެކަމެއް ފޮނުވޭނެކަމަށެވެ.
އެގޮތުން [email protected] މެއިލްއަށް މެއިލް ފޮނުވައިގެން ރައްޔިތުންގެ ޝަކުވާތަކާއި، ހިޔާލުތަކުގެ އިތުރުން ސުވާލުތައް ސީދާ އެޗްޑީސީގެ އެމްޑީ ޒުހައިރުއަށް ފޮނުވޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީއަކީ ހުޅުމާލެ، ތިލަފުށި، ކުޑަގިރި، ރަސްމާލެ ބަލަހައްޓާ ކުންފުންޏެވެ. އެހެންކަމުން އެ ތަންތަނާ ގުޅޭ ސުވާލުތަކާއި، ޝަކުވާތަކުގެ އިތުރުން ހިޔާލުތައް ކުންފުނީގެ އެމްޑީއަށް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް