Article Top
ޚަބަރު •

ކޮޕް ސަމިޓުގެ ތެރެއިން ޤައުމުތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކޮޕް ސަމިޓުގެ ތެރެއިން ޤައުމުތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

ކޮޕް ސަމިޓުގެ ތެރެއިން ރައީސް މުޢިއްޒު ބައެއް ޤައުމުތަކުގެ އިސްވެރިންނާ އެކު.

އެކުވެރި ދައުލަތްތަކުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ސަމިޓް (ކޮޕް31) ގެ ހަވާސާގައި، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ތުރުކީގައި ކުރިއަށް ދާ މި ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްޒު ވަނީ އެންޓީގާ އެންޑް ބާބިއުޑާގެ ބޮޑު ވަޒީރު ގްރެސްޓަން ބްރައުން އާއި، ބާބޭޑޯސްގެ ބޮޑު ވަޒީރު މިއާ އަމޯ މޮޓްލީއާ އާއި، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ތާރިގް ރަހުމާން އަދި ރަޝިޔާގެ ރައީސްގެ ޚާއްސަ މަންދޫބު ރުސްލާން އެޑެލްގެރިއޭވްއާ ބައްދަލު ކުރައްވައިފަ އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

31 ވަނަ ކޮޕް ސަމިޓުގައި މިއަދު ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ރަސްމީ ބަޔާން ވެސް އިއްވަވައިފަ އެވެ. އެ ބަޔާނުގަައި ރައީސް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި، ބައިނަލްއަޤުވާމީ މުޖުތަމުއުގެ އެއްބާރުލުމާއި، ޤައުމުތަކުން އިލްތިޒާމުތަކަށް އިޙުތިރާމް ކުރެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް