ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 58.8 މިލިއަން ރުފިޔާ ދޫކޮށްފި
ލިޔުންތެރިޔާ
އެންސްޕާ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 58.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެންސްޕާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ޖުމުލަ 16،049 ފަރާތެއް އެބަ ތިބި އެވެ. އެއީ އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހު ރަޖިސްޓްރީ ކޮށްފައިވާ 199 ފަރާތާއެކު އެވެ.
އެ ހިސާބުތަކުން ފެންނަ ގޮތުގައި އޮކްޓޫބަރު އެންސްޕާ އިން ވަނީ 15،862 ފަރާތަކަށް އެހީ ދޫކޮށްފައި އެވެ. އެގޮތުން އެ ފަރާތްތަކަށް ވަނީ ޖުމުލަ 58.8 މިލިއަން ރުފިޔާ ދޫކޮށްފައިކަން ބަޔާންކޮށްފައިވެ އެވެ.
އެންސްޕާގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ ފަރާތްތަކާއި، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާާއި، އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އޯޓިޒަމް ހުންނަ ފަރާތްތައް އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނެ އެވެ.
މީގެ އިތުރުން އެންސްޕާ އިން ވަނީ ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކާއި، އެކަނިވެރި މައިންނާއި، ބަަފައިންނަށް ވެސް އެހީ ދޫކޮށްފައި އެވެ. އޭގެ ތެރެއިން 3310 މީހަކަށް އެންސްޕާ އިން ވަނީ 17 މިލިއަން ރުފިޔާ ދޫކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް