Article Top
ޚަބަރު •

އެމްޕީއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އަދީމް އައްޔަން ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެމްޕީއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އަދީމް އައްޔަން ކޮށްފި

ޕީސީބީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރެއްވި އަދީމް.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އާދަމް އަދީމް އައްޔަން ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފައި ވަނީ، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އަންގާރަ ދުވަހުން ފެށިގެން އަދީމް އައްޔަން ކުރައްވާފައިވާ ކަަމަށެވެ. އެއާއެކު، މިހާރު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާނީ އަށް މެމްބަރުންނެވެ.

އެއީ ޗެއާޕާސަން އާމިނަތު ޙަމީދު އާއި، މެނޭޖިން ޑިރެކްޓަރު ކެޕްޓަން ޙުސެއިން ޝަފީޤު އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާން އެވެ. ދެން ބޮޑުގައި ހިމެނެނީ ނޮން އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި އަޙުމަދު އިލްޔާސް އާއި، މުޙައްމަދު ވަޙީދު އާއި، އަޙުމަދު އީހާބްގެ އިތުރުންް ފާތިމަތު ޝަފަގް ރަފީއު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް