ކޮޕް ސަމިޓަށް ރައީސް މުޢިއްޒު ތުރުކީ އަށް ވަޑައިގެންފި
ލިޔުންތެރިޔާ
ތުރުކީ އަށް ވަޑައިގެންނެވުމުން ރައީސް މުޢިއްޒު އަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން.
އެކުވެރި ދައުލަތްތަކުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތުރުކީ އަށް ވަޑައިގެންފި އެވެ.
އަންގާރަ ދުވަހުގެ ރޭ ތުރުކީގެ އަންޓާލިއާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން، ރައީސް މުޢިއްޒު އަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދު މުޙައްމަދު އާއި، ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ތުރުކީގައި ކޮޕް ސަމިޓު ކުރިއަށް ދާނީ ބުދަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް