Article Top
ވިޔަފާރި •

ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ކާނިވާ 44" މިއަދު، ފޯރިގަދަވާނެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ކާނިވާ 44" މިއަދު، ފޯރިގަދަވާނެ

ބެންކް އޮފް މޯލްޑިވްސް -- ފޮޓޯ/ ވީކަން އިމޭޖްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ މުނާސަބަތު ފާހަގަކުރުމަށްޓަކައި، "ކާނިވާ 44" ގެ ނަމުގައި ހާއްސަ ކާނިވާ މިއަދު ފެށުމަން ހަމަޖެހިއްޖެއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކާނިވާ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި އިވެންޓް ރާވާފައިވަނީ އެކި އުމުރުފުރާތަކުގެ މީހުންނަށާއި އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ އެކުވެރި މާހައުލެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

މި ކާނިވަލުގައި ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން، އެކި ކަހަލަ ކާބޯތަކެއްޗާއި ދިވެހި އުފެއްދުންތައް ލިބެން ހުންނަ ސްޓޯލްތައް ގާއިމުކުރެވިފައި ހުންނާނެއެވެ. މީގެއިތުރުން، ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

އަހަރީ ދުވަހުގެ މި އުފަލާ ގުޅުވައިގެން، ބީއެމްއެލްގެ 'ސްވައިޕް ވޮލެޓް' ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން، ކާނިވަލުގެ ސްޓޯލްތަކުން ސްވައިޕް ވޮލެޓް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް 5 މެކްބުކް ނިއޯ އަދި 2 އިލެކްޓްރިކް ސައިކަލް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮންމެ މުއާމަލާތަކަށް ވެސް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮޓޮމެޓިކުން ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން ނޮވެމްބަރު 14 ވާ ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، ކަނޑައެޅިފައިވާ ދުވަސްތަކުގައި މި ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން މެންދަމު 12:00 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް