Article Top
ކުޅިވަރު •

މި ސީޒަންގެ އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

މި ސީޒަންގެ އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރު އޮތް އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު -- ފޮޓޯ/އެފްއޭއެމް

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕް 2026/2027 ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރަސްމީކޮށް ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރުގެ އެފްއޭ ކަޕް ފެށުމަށް ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި އެސޯސިއޭޝަންތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ރަސްމީ އިއުލާނާ އެކު ދޫކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ޑިސެމްބަރު 1 ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފަ އެވެ.

ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/420986

އެފްއޭ ކަޕްގެ އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެފްއޭ ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމަކީ ނިއު ރޭޑިއަންޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް