Article Top
ވިޔަފާރި •

މިއަދު އަދި މާދަމާ ސްޓެލްކޯ ސާވިސް ކައުންޓާ ބަންދު، 24 ގަޑިއިރު ކޯލް ސެންޓަރުން ހިދުމަތް ލިބޭނެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މިއަދު އަދި މާދަމާ ސްޓެލްކޯ ސާވިސް ކައުންޓާ ބަންދު، 24 ގަޑިއިރު ކޯލް ސެންޓަރުން ހިދުމަތް ލިބޭނެ

ސްޓެލްކޯ ---

ޖޫމްހޫރީ ދުވަހާ ގުޅިގެން މިއަދު އަދި މާދަމާ ސެޓްލެކޯގެ ކަސްޓަމާ ސާވިސް ކައުންޓަރު ބަންދުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ސްޓެލްކޯއިން އާންމުކުރި އިއުލާނުގައި ބުނީ ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދު އަދި މާދަމާ ސްޓެލްކޯގެ ސާވިސް ކައުންޓަރު ބަންދު ނަމަވެސް އެ ކުންފުނީގެ ކަސްޓަމާ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް، 1545 އަށް ގުޅައިގެން މެދުނުކެނޑި ލިބޭނެކަމަށެވެ.

މީގެއިތުރުން ކުރިއެކޭ އެއްގޮތަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ލިބެންފަށާނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. ހޮނިހިރު ދުވަހު އެ ހިދުމަތް ލިބޭނީ ހެނދުނު 10:00 އިން 14:00 އަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ޖުމްހޫރީ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ. މިއަހަރުގެ ޖުމްހޫރީ ދުވަސް ބުދަ ދުވަހަކާ ދިމާވުމުން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި، ވިދިގެން އަންނަ ބުރާސްފަތި ދުވަހަކީ ހަފުތާގެ ބަންދާ ދެމެދު އޮތް ހަމައެކަނި ދުވަސްކަމަށް ވާތީ ބުރާސްފަތި ދުވަސް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް