ޚަބަރު

ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތް ހިންގާނަމަ ރިޕޯޓުކުރުމަށް ނަންބަރެއް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތް ހިންގާނަމަ ރިޕޯޓުކުރުމަށް ނަންބަރެއް

ޑޮލަރު މާރުކުރަނީ ---

ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓާސްކްފޯހެއް ހަދައި، މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ނަމްބަރެއް ފުލުހުން ހަމަޖައްސައިފިއެެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން، ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހާއި ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދޭކަމަށެވެ.

ފުލުހުން ވަނީ އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް އެދިފައެވެ. އަދި ފުލުހުން ބުނީ އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން، ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހާއި ހިއްސާކުރުމަށް އާންމުންގެ ކިބައިން ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހިއްސާކުރާ މައުލޫމާތު ފުރިހަމައަށް ރައްކާކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދީފައެވެ. އަދި މައްސަލައިގެ މައުލޫމާތު ދޭ ފަރާތްތަކުން ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ވެސް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް