Article Top
ޚަބަރު •

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ ދަން ޖައްސައިގެން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ ދަން ޖައްސައިގެން

ރައްޔިތުންގެ މަޖިލިސް.

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހައިފި އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އެ ބިލުގައި ބުނެފައި ވަނީ، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ ހަމައެކަނި ދަން ޖައްސައިގެން ކަމަށެެވެ.

އެ ބިލުގައި ބުނެފައި ވަނީ ކުށްވެރިޔާ މީހަކު މެރުމަށް ދަށު މަރުހަލާގެ ކޯޓަކުން ޙުކުމް ކޮށްފި ނަމަ، އެ ޙުކުމެއްގެ ޤާނޫނީ ނުކުތާ އާއި މައްސަލައިގެ ކަންހިނގައި ދިޔަ ގޮތް މަތީ މަރުހަލާގެ ކޯޓަކުން ބަލަން ވާނެ ކަމަށެވެ. އަދި މަރުގެ އަދަބު ކަނޑައަޅަންވާނީ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތެއްގައި ކަަމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ކުށްވެރިޔާ އަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން އަދި ފުރުސަތު ދޭން ވާނެ ކަމަށް ވަނީ ބަޔާންކޮށްފައި އެވެ. އަދި ކުށްވެރިޔާ އަށް މަރުގެ އަދަބު ކަނޑަ އަޅަން ވާނީ، ކޯޓުގައި ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާ ނަމަ ކަމަށް ވެސް ވަނީ ހިމަަނައިފަ އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރަން ވާނީ ދަން ޖައްސައިގެން ކަމަށް ވަނީ ބަޔާން ކޮށްފައި އެވެ.

ހަމަ އެހެންމެ، މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރެވިދާނެ ޙާލަތްތަކެއް ވެސް ބިލުގައިވެ އެވެ. އެގޮތުން ކުށްވެރިޔާ ބަލިވެ އިނދެއްޖެ ނަަމަ، އޭނާ ވިހައި ގަދަވަންދެން އަދި ދަރިފުޅަށް ދެ އަހަރު ވަންދެން އަދަބު ތަންފީޒު ކުރުން ފަސް ކުރެވިދާނެ އެވެ. އަދި ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އެކަށީގެންވާ މިންވަރަށް ވުރެ ޞިއްޙަތު ދަށްވެއްޖެ ނަމަ، އޭނާ ރަނގަޅު ވަންދެން ޙުކުމް ތަންފީޒު ކުރުން ފަސް ކުރެވިދާނެ އެވެ.

ބިލުގައި ބުނެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރަން ވާނީ އާާންމުންނަށް ނުފެންނާނެ ގޮތަށް ކަމަށާއި، އަދަބު ތަންފީޒު ކުރާ ތަނުގެ އަޑާއި މަންޒަރު ރެކޯޑު ކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް