Article Top
ޚަބަރު •

އިސްރާއީލްގެ ޕާސްޕޯޓު އޮތް މީހަކަށް ދުވަހަކު ވެސް ރާއްޖެ އަށް ނާދެވޭނެ ގޮތް ހަދަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިސްރާއީލްގެ ޕާސްޕޯޓު އޮތް މީހަކަށް ދުވަހަކު ވެސް ރާއްޖެ އަށް ނާދެވޭނެ ގޮތް ހަދަނީ

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން.

އިސްރާއީލްގެ ޕާސްޕޯޓް އޮންނަ މީހަކަށް ދުވަހަކު ވެސް ރާއްޖެ އަށް ނާދެވޭނެ ގޮތަށް، އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ހޯމަ ދުވަހު ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިމިގްރޭޝަންގެ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވާނެ އެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލުތަކުގެ ވާހަކަ ދައްކަވަމުން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިމިގްރޭޝަންގެ ބިލުގަައި ހިމަނާފައިވާ ގޮތުން، އިސްރާއީލްގެ ޕާސްޕޯޓު އޮންނަ އެއްވެސް ފަރާތަަކަށް ދުވަހަކު ވެސް ރާއްޖެ އަށް ނާދެވޭނެ ކަމަށެވެ. އެއީ ވަކި ޙާލަތަކާ ގުޅިގެން އޮންނާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

މިއާއެކު، ކުރިއަށް އޮތް ތަނުގައި އިސްރާއީލްގެ އެއްވެސް މީހަކަށް، ދުވަހަކު ވެސް ރާއްޖެ އަށް އެތެރެ ނުވެވޭނެ އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ޤާނޫނެއް ފާސްކޮށްފައި އެވެ. އޭރު ފާސްކޮށްފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ޙާލަތު ނިމެންދެން، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، އަލަށް މި ހުށަހެޅި އިމިގްރޭޝަންގެ ބިލާ އެކު، އިސްރާއީލްގެ ޕާސްޕޯޓުގައި ދުވަހަކު ވެސް ރާއްޖެ އަށް އެތެރެ ނުވެވޭނެ އެވެ. ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، އިސްރާއީލް އިން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ރާއްޖެ އިން އަބަދު ވެސް ދެކޮޅު ހަދާނެ ކަމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ރާއްޖެ އިން އެކަމަށް ވަކާލާތު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް