Article Top
ޚަބަރު •

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހުން ހައްޔަރުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހުން ހައްޔަރުކޮށްފި

ދުވާފަރުން ހައްޔަރުކުރި 2 މީހުން ---

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 65 ސެލޯފިންކޮޅާއެކު ރ. ދުވާފަރުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހާޖަރާ މައިސާ ޢަލީގެ އިތުރުން، އެ ރަށު އުމުރުން 33 އަހަރުގެ ޢަބްދުﷲ ޢަލީއެވެ.

ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ ހަތަރުވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ މާއްދާއެއް ހުރި 65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ހާޖަރާ މާއިސާ ޢަލީގެ ބަންދަށް 7 ދުވަސް އަދި ޢަބްދުﷲ ޢަލީގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މިހާރު ރާއްޖޭގައި ނުހަނު ބޮޑުވެފައިވާ މައްސަލައެކެވެ. ޚާއްޞަކޮށް ވެރިރަށް މާލެ ހިމެނޭ ސަރަޙައްދުގައި، މިބާވަތުގެ ކުށްތަކުގައި އަތުލައިގަނެވޭ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް