Article Top
ޚަބަރު •

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ އެންމެ މޮޅު ލޯގޯ ހޮވަން ވޯޓަށް ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ އެންމެ މޮޅު ލޯގޯ ހޮވަން ވޯޓަށް ހުޅުވާލައިފި

އިޙްތިރާމް އަދާ ކުރުމުގެ ޤައުމީ މަޝްރޫއުގެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތުގެ ފަދަ ފަސް ލޯގޯ. - ފޮޓޯ/ ޕީއެސްއެމް

ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގައި ބޭނުން ކުރާނެ ލޯގޯ ހޮވަން އާންމުންގެ ވޯޓަށް ހުޅުވާލައިފި އެވެ.

މި މަޝްރޫއުގައި ބޭނުން ކުރާނެ ލޯގޯ ފަރުމާ ކުރުމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އިން ހުޅުވާލީ އޮކްޓޫބަރު މަހުގެ ތެރޭގައި އެވެ. މުބާރާތުގައި ބައިވެރިވުމަށް 22 ލޯގޯ އެއް ހުށަހެޅިއިރު، ފަނޑިޔާރުން ވަނީ 10 ލޯގޯ އެއް ޝޯޓުލިސްޓު ކޮށްފައި އެވެ. އެއަށް ފަހު، އެ 10 ލޯގޯގެ ތެރެއިން 5 ލޯގޯއެއ ޝޯޓްލިސްޓު ކޮށްފައި ވަނީ އާންމުންގެ ވޯޓުންނެވެ.

އެ މުއްދަތު މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހަށް ހަމަވާއިރު، ޝޯޓްލިސްޓު ކުރެވުނު 5 ލޯގޯގެ ތެރެއިން އެންމެ މޮޅު ލޯގޯ ހޮވަން ވަނީ އާންމުންގެ ވޯޓަށް މިއަދު ހުޅުވާލާފައި އެވެ. އެންމެ މޮޅު ލޯގޯ ހޮވަން ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 18:00 އާ ހަމައަށެވެ.

އާންމުންގެ ވޯޓާ އެކު، އެންމެ މޮޅު ލޯގޯ އަކަށް ހޮވޭ ލޯގޯ އިއުލާން ކުރާނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އޮންނަ ރަސްމިއްޔާތެއްގައި ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ. މި ލޯގޯ ފަރުމާ ކުރުމުގެ މުބާރާތުން އެއް ވަނަ ހޯދާ ފަރާތަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް