92 ބިދޭސީއަކު ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅުނު 2 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
އިމިގްރޭޝަން އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން 92 ބިދޭސީ އަކު ބަަލައި ފާސްކޮށްފި އެވެ.
އިމިގްރޭޝަން އިން ބުނެފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭ އެ އިދާރާ އިން މާލޭ ސިޓީގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް، ބިދޭސީ ތަކެއް ބަަލައި ފާސްކޮށްފައިވާ ކަމަށެެވެ. އެގޮތުން 92 ބިދޭސީއަކު ބަަލައި ފާސްކޮށްފައިވާއިރު، ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުފެ ދަށަށް ގެންގޮސްފައި އެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމެކެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފާފައި ވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނާއި، ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދައި އެ މީހުން ޑިޕޯޓު ކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަން އިން އަންނަނީ ކުރަމުންނެވެ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި 295،000 ބިދޭސީން އުޅެމުން ދިޔަ އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އިނގިލީގެ ނިޝާން ނަގައި، ދެނެގަތުމުގެ މަރުހަލާ ފުރިހަމަކޮށްފައި ވަނީ 22،000 މީހުން ކަަމަށްވާއިރު، މި ސަރުކާރުން ވަނީ އެ މަސައްކަތް އަލުން ކުރިއަށް ގެންގޮސް 260،000 އަށް ވުރެ ގިނަ ބިދޭސީން ދެނެގަނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް