Article Top
ޚަބަރު •

"އެޗްއެފްސީ މަދުކުރުމާއެކު، ފިނިކުރާ ނިޒާމު ތަކުގެ ހަކަތަ އިތުރު ކުރަން ޖެހޭ"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"އެޗްއެފްސީ މަދުކުރުމާއެކު، ފިނިކުރާ ނިޒާމު ތަކުގެ ހަކަތަ އިތުރު ކުރަން ޖެހޭ"

"ފްރެންޑްސް އޮފް ދަ ކިގާލީ އެމެންޑްމަންޓް މިނިސްޓީރިއަލް ބްރެކްފަސްޓް" ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާރިސް ވާހަކަ ދައްކަވަނީ.

ހައިޑްރޯފްލޯރޯކާބަންސް (އެޗްއެފްސީ) ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ފިނިކުރާ ނިޒާމުތަކުގެ ހަކަތައިގެ އެފިޝަންސީ (ހަކަތަ ބޭނުން ކުރެވޭ މިންވަރު) ރަނގަޅު ކުރުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރިއަށްދާން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު ފާރިސް މިހެން ވިދާޅުވީ ދާދި ފަހުން ބޭއްވުނު "ފްރެންޑްސް އޮފް ދަ ކިގާލީ އެމެންޑްމަންޓް މިނިސްޓީރިއަލް ބްރެކްފަސްޓް" ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އެންމެ ފުރިހަމަ ފައިދާއެއް ހޯދޭނީ އެޗްއެފްސީ ފަދަ ގެދަނބުޅި ގޭސްތައް ބޭނުން ކުރުން މަދުކުރުމުގެ އިތުރުން، ފިނިކުރުމަށް ބޭނުންކުރާ ވަސީލަތް ތަކަކީ މަދު ހަކަތައަކުން ބޮޑު ނަތީޖާއެއް ނެރެދޭ ތަކެތި ކަމުގައި ހަދައިގެން ކަމަށެވެ.

މީގެ އިތުރުން، މި ބަދަލުތައް ގެންނައިރު އެންމެނަށް ވެސް ފަސޭހަކަމާއެކު އަތްފޯރާ އަގެއްގައި ފިނިކުރާ ނިޒާމުތައް ލިބެން ހުރުމުގެ މުހިންމުކަން ވެސް ސްޓޭޓް މިނިސްޓަރު ފާރިސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމަށާއި، ދުނިޔޭގެ ފިނި ހޫނުމިން މައްޗަށް ދިޔުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތް ތަކުގައި ދިވެހިރާއްޖެ އިން އިސްނަގައިގެން އަބަދު ވެސް ވަކާލާތު ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަނީ ދެއްވާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް