Article Top
ޚަބަރު •

މަސްވެރިންގެ ދުވަހު ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަސްވެރިންގެ ދުވަހު ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

2025 ވަނަ އަހަރު ބޭއްވި "ރަހަވަރު" ކެއްކުމުގެ މުބާރާތުގެ ތެރެއިން.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުގެ ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނ، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާ ހަަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭގައި އެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ގޫގުލް ލިންކު ފޯމެއް ފުރުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައި އެވެ. އެ މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ވެސް ވަނީ އެ ލިންކު ހިމަނައިފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2 މެމްބަރުންނާއި، 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރަން ޖެހޭ ފޯމުގެ ލިންކު: https://t.co/oIEK8kp7aM

ފިޝަރީޒް މިނިސްޓްރީ އިން ބުނެފައި ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކެއްކުމުގެ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ މަސްވެރިކަމުގެ ދާއިރާ އާއި ކެއިން ބުއިމުގައި ކާނާގެ ބާވަތްތައް ބޭނުން ކުރުމުގައި އީޖާދީ ގޮތެއްގައި ތަރައްޤީ ކުރުމާ އެކު، އެ ސިނާއަތް ފުޅާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރި ކަމަށް މަސްވެރިކަމުގެ ސިނާއަތުން ފޯރުކޮށްދެމުން އަންނަ ހިއްސާ ފާހަގަ ކުރުމަކީ ވެސް މަޤުސަދެއް ކަަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ޚާއްސަ ބަހުސް މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް