Article Top
ޚަބަރު •

ރާއްޖެ އެތެރެ ކުރަން އުޅުނު ޕާޓީ ޑްރަގްސް ތަކެއް އަތުލައިގެންފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖެ އެތެރެ ކުރަން އުޅުނު ޕާޓީ ޑްރަގްސް ތަކެއް އަތުލައިގެންފި

މީގެ ކުރިން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި.

ރާއްޖެ އަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު މި ތަކެތި އަތުލައިގެންފައިވާއިރު، އެއީ ކޫރިއާ މެދުވެރިކޮށް ރާއްޖެ އަށް ގެނައި ޕެކޭޖެއްގެ ތެރޭގައި ހުރި ތަކެތި ކަމަށެވެ. އެގޮތުން ޝައްކުޔ ކުރެވިގެން އެ ޕެކޭޖު ބަލައި ފާސް ކުރުމުގެ ތެރޭގައި، ކިލޯއެއްގެ ބަރުދަން ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އަދި އެއީ ޕާޓީ ޑްރަގްސް ކަަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.

ރާއްޖެ އަށް ދޭތެރެ ދޭތެރެއިން އެތެރެ ކުރަން އުޅޭ މަސްތުވާތަކެތި އެކި ފަހަރު މަތިން ކަސްޓަމްސް އިން ވަނީ އަތުލައިގެންފައި އެވެ. ދާދި ފަހުން ވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ވެސް އަތުލައިގެންފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް