ކުލަގަދަ ރަސްމިއްޔާތަކާ އެކު، މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި
ލިޔުންތެރިޔާ
މެންހަޓަން ގްރޭންޑް ހޮޓެލް.
މެންހަޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް ހުޅުވައިފި އެވެ.
ގިނަ ދުވަސް ތަކެއް ވަންދެން އެއްވެސް ކަމެއް ނުކޮށް ފަޅަށް ދޫކޮށްލާފައި އޮތް ހުޅުމާލެ ސިޓީ ހޮޓެލް، މެންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި ހުޅުވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ހުޅުމާލޭ ފޭސް އެކެއްގެ ވެމްކޯ ބްރިޖާ ދިމާލުގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އެވެ. މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތާ އެކު، މިރޭ ވަނީ ހަވާ ވެސް އަރުވައިފަ އެވެ.
15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފަޅަށް އޮތުމަށް ފަހު، އެ ބިމުގައި މެންހަޓަލް ގްރޭންޑް ހޮޓެލްގެ ނަމުގައި ތަރައްޤީ ކުރި އިމާރާތުގައި 150 އަށް ވުރެ ގިނަ ކޮޓަރި ހުރެ އެވެ. މިއީ އެކި އެކި ބޭނުންތަކުގައި ދަތުރު ކުރާ ވިޔަފާރި ފަތުރުވެރިންނާއި، އެ ތަނުގައި މަޑު ކުރަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، އެކި އެކި ޚާއްސަ އިވެންޓުތަކާއި ޖަލްސާތައް ބޭއްވޭ ގޮތަށް ތަރައްޤީ ކޮށްފައިވާ ހޮޓެލެކެވެ.
މި ހޮޓެލް ތަރައްޤީ ކުރަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެވެ. ފަސް ތަރީގެ ފެންވަރަށް މި ހޮޓެލް ތަރައްޤީ ކޮށްފައިވާއިރު، މީގެ ކުރިން އެސްޓީއޯ އިން ވެސް ވަނީ އެ ތަނުގައި ސިޓީ ހޮޓެލް ތަރަައްޤީ ކުރަން މަސައްކަތް ކޮށްފައި އެވެ. އެެހެން ނަމަވެސް، އެ ތަނަށް ބޮޑު އިންވެސްޓެއް ކުރި ނަމަވެސް، އާމްދަނީއެއް ނުލިބި އެސްޓީއޯ އަށް ގިނަ ދުވަސްތަކެއް ވަންދެން ގެއްލުން ވަމުން ދިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް