ބުދަ ދުވަހާ ހަމައަށް ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ
ލިޔުންތެރިޔާ
ވާރޭ ވެހޭ ވަގުތެއްގައި މަގުމަތީގައި އުޅަނދުތަކެއް ދުއްވަނީ.
އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކުރާނެ ކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ލަފާ ކޮށްފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ހޮނިހިރު ދުވަހު ބުނެފައި ވަނީ، ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ބަަައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައިވެ އެވެ. އެހެންކަމުން އެ އިދާރާ އިން ވަނީ އެންމެ ފަހުގެ މޫސުމީ މައުލޫމާތުތައް ބެލުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި އެވެ.
ހުކުރު ދުވަހުގެ ރޭ ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ ވިއްސާރަކޮށްފައި އެވެ. އެ ވިއްސާރައިގައި ރަށް ރަށުގައި ފެންބޮޑުވުމުގެ ސަބަބުން، ގެތަކުގައި ވެސް ވަނީ ފެންބޮޑުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް