Article Top
ޚަބަރު •

ވޯލްޑް އޭއައި ރެގިއުލޭޝަން ސަމިޓުގައި ޕީޖީ އައްބާސް ތަޤުރީރު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވޯލްޑް އޭއައި ރެގިއުލޭޝަން ސަމިޓުގައި ޕީޖީ އައްބާސް ތަޤުރީރު ކުރައްވައިފި

ވޯލްޑް އޭއައި ރެގިއުލޭޝަން ސަމިޓުގައި ޕީޖީ އައްބާސް ތަޤުރީރު ކުރައްވަނީ.

އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގެ ދަ ޕެލިގަންގައި ޓީއޭބީ ގްލޯބަލް އިން އިންތިޒާމު ކޮށްގެން ބޭއްވި "ވޯލްޑް އޭއައި ރެގިއުލޭޝަން ސަމިޓް 2026"ގައި ޕްރޮސިކިއުޓާ ޖެނެރަލް (ރިޓަޔާޑް) އައްބާސް ޝަރީފް ތަޤުރީރު ކުރައްވައިފި އެވެ.

ކުދި ޤައުމު ތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭއައި ހިންގުމުގައި ގެންގުޅޭ އުސޫލުތަކަށް އައްބާސް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން ޓެކްނޮލޮޖީ އަކީ އިންސާނުން ނިންމާ ނިންމުންތަކަށް އެހީތެރިވެދޭ ވަސީލަތަކަށް ވާންޖެހޭނެކަން ފާހަގަ ކުރައްވައި، މި ދާއިރާ އިން ލިބޭ ތަޖުރިބާތައް އެހެން ކުދި ޤައުމުތަކާ ހިއްސާކުރުމަށް ޕީޖީ އޮފީހުން ތައްޔާރަށް އޮތްކަން އައްބާސް ކަށަވަރު ކޮށްދެއްވި އެވެ.

މީގެ އިތުރުން މި ސަމިޓުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ވިދާޅުވީ، އޭއައި ބޭނުން ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކެއް އެހެން ބަޔަކު އެކުލަވާލަންދެން މަޑުކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވަނީ އޭއައި ހިންގުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައި ކަމަށާއި، އޭގެ މައިގަނޑު އަސާސަކީ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދި ނަމަވެސް، ކަންކަން ނިންމާނީ އިންސާނުން ކަމުގައި ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް