އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަޒީ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަން ކުރައްވަން ރުހުން ދިން ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަޤާމަށް އަޒީ އައްޔަން ކުރުމަށް ފެންނަ ކަމަށް 47 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ކުރިއަށް ގެންދިޔަ އިންޓަވިޔުގައި އަޒީ ވަނީ 75 އިންސައްތަ އަށްވުރެ މަތިން މާކްސް ހޯއްދަވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަޒީގެ ނަން މަޖިލީހަށް ފޮނުއްވީ މިހާރު އެ މަޤާމުގައި ހުންނެވި އަޙުމަދު އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ކުރީކޮޅު ހަމަވާތީ އެވެ. މީގެ ކުރިން ވެސް އަޒީ ވަނީ އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމު އަދާކުރައްވާފައި އެވެ. މީގެ އިތުރުން މާވަށު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.
އަޒީ އަކީ ދިވެހި ބަހާއި، އަދަބިއްޔާތަށް ވެސް ވަރަށް ގިނަ ޚިދުމަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް