އެމްޓީޑީސީގެ އޮފީސް އިމާރާތް ހުޅުމާލެ ފޭސް އެކެއްގައި ހުޅުވައިފި
ލިޔުންތެރިޔާ
އެމްޓީޑީސީގެ އައު އޮފީސް އިމާރާތް މިނިސްޓަރު އަމީން ހުޅުވައި ދެއްވަނީ. - ފޮޓޯ/ޕީއެސްއެމް
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އޮފީސް އިމާރާތް ހުޅުވައިފި އެވެ.
ހުޅުމާލޭގެ ފޭސް އެކެއްގައި ތަރައްޤީ ކޮށްފައިވާ މި އޮފީސް އިމާރާތް ހުޅުވައި ދެއްވީ އެކަމަށްޓަކައި އޮތް ޚާއްސަ ރަަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން އެވެ. ސެންޓްރަލް ޕާކުގެ ކުރި މައްޗަށްވާ ގޮތްތައް އޮތް ބިމުގައި ތަރައްޤީ ކޮށްފައިވާ އެމްޓީޑީސީގެ މި އޮފީހަކީ، އެ ކުންފުނީގެ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ އެވެ.
އެމްޓީޑީސީ އިން ބުނެފައި ވަނީ، އެ ކުންފުނީގެ އައު އޮފީސް އިމާރާތުގައި ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށެވެ. މި އިމާރާތުގައި އެ ކުންފުނީގެ އިދާރީ އޮފީސްތަކުގެ އިތުރުން، ކޮންވެންޝަލް ހޯލަކާއި، ޕާކިން އަށް ޚާއްސަ ސަރަހައްދެއްގެ އިތުރުން، ކެފޭއެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެމްޓީޑީސީ އިން ބުނެފައި ވަނީ، އެ އޮފީހުގެ އައު އިމާރާތުން ކުލީގެ ގޮތުގައި އެ ކުންފުންޏަށް އާމްދަނީ މެދު ނުކެނޑި ލިބެމުން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވެ، މާލީ ހަމަޖެހުން ކުންފުންޏަށް ލިބިގެންދާނެ ކަމަށް ވެސް އެމްޓީޑީސީ އިން ބުނެފައިވެ އެވެ.
އެމްޓީޑީސީގެ އައު އޮފީސް އިމާރާތަކީ 10 ފަންގިފިލާ އަށް އިމާރާތް ކޮށްފައިވާ ބިލްޑިން އެކެވެ. މި އޮފީސް އިމާރާތުގެ ބިންގާ އަޅާފައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް