Article Top
ޚަބަރު •

ތިނަދޫގެ ޑްރަގު އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ތިނަދޫގެ ޑްރަގު އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ޑްރަގު އޮޕަރޭޝަނެއްގައި ގދ. ތިނަދޫން ހައްޔަރުކުރި މީހުން—

ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން މި ޚާއްސަ އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރު ކޮށްފައިވަނީ:

° ގދ. ތިނަދޫ، މިނިވަން އައްސޭރި / އަޙްމަދު ހާޝިމް (36އ)

° ގދ. ތިނަދޫ، ވެހަފުލާ / އަތޫފް އަޙްމަދު (25އ)

° ގދ. ތިނަދޫ، ވިލާޑީލައިޓް / ނާޖިދު ޢަބްދުﷲ (42އ)

° ގދ. ގައްދޫ، ފުސްފަރާގެ / މުޙައްމަދު ޝާއިފް ޖަލީލް (18އ)

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް