"1448 ވަނަ އަހަރު ޙައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ 65 އަހަރުން މަތީގެ ފަރާތަކަށް ލަސްވުމެއް ނާންނާނެ"
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފިރުޒުލް ނޫސްވެރިންނާ ބައްދަލުކުރައްވަނީ— ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ބަދަލުތަކާއެކު ވެސް، 1448 ވަނަ އަަހަރުގެ ޙައްޖަށް ދެވޭނެކަމަށް އަންދާޒާ ކޮށްފައިވާ 65 އަހަރުން މަތީގެ އެއްވެސް ފަރާތަކަށް ލަސްވުމެއް ނާންނާނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ޙައްޖު ކޯޕަރޭޝަން އިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ، މިހާރު ކިޔު އޮތް ގޮތަށް ބަލާއިރު 65 އަހަރުން މަތީގެ ބޭފުޅަކަށް 1448 ވަަނަ އަހަރު ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަަމަށް އަންދާޒާ ކުރެވިދާނެ ކަމަށެވެ.
ފައިސާ ދައްކާފައިވާތާ ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ ފަރާތްތަކަށް އިސްކަންދެވޭއިރު، ކޮންމެ ވެސް އަދަދެއްގެ ބަޔަކު އެއް އަހަރު ފަސްވެގެން ދިޔަ ނަމަވެސް، 65 އަހަރުން މަތީގެ އެއްވެސް ބޭފުޅަކު 1448 ވަނަ އަހަރު ޙައްޖަށް ދިޔުމަށް އަންދާޒާކޮށްފައިވާ ނަމަ އެ ފަރާތެއް އިތުރަށް ފަހަތަށް ނުދާނެހެން ޖާގަ އަންދާޒާ ކުރައްވާނެ ކަަމަށް ފިރުޒުލް ވިދާޅުވި އެވެ.
އެހެންކަމުން 1448 ވަނަ އަހަރު ޙައްޖަށް ދިޔުމަށް އަންދާޒާކޮށްފައިވާ 65 އަހަރުން މަތީގެ އެއްވެސް ބޭފުޅަކަށް ލަސްވުމެއް ނާންނާނެ ކަމަށް ފިރުޒުލް ފާހަގަ ކުރެއްވި އެވެ. އަދި ހަމައެހެންމެ، އެ ފަރާތްތަކުގެ އާއިލީ ބޭފުޅަކު އެކު އެކީގައި ފައިސާ ދައްކާފައިވާ ނަމަ، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ ނަމަ އެ ބޭފުޅެއްގެ ޖާގަ ވެސް ދަމަހައްޓަވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް