Article Top
ޚަބަރު •

ތިނަދޫ ކައުންސިލް ރައީސްގެ ބައި އިލެކްޝަން ނޮވެމްބަރު 28 ގައި، ކުރިމަތިލާން ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތިނަދޫ ކައުންސިލް ރައީސްގެ ބައި އިލެކްޝަން ނޮވެމްބަރު 28 ގައި، ކުރިމަތިލާން ހުޅުވާލައިފި

ވ.ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޝުޖާއު އަލީ.

ވ.ތިނަދޫ ކައުންސިލްްގެ ރައީސް ހޮވަން ބާއްވާ ބައި އިލެކްޝަން އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައި، އިލެކްޝަންސް ކޮމިޝަން އިން ކުރިމަތިލާން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން ބުނެފައި ވަނީ، ވ.ތިނަދޫ ކައުންސިލްގެ ރައީސް ހޮވަން ބާއްވާ ބައި އިލެކްޝަން އޮންނާނީ ނޮވެމްބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އެގޮތުން އެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެ ކޮމިޝަން އިން ވަނީ އެދިފައި އެވެ.

Advertisement
Article Inside

ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގައި އެންމެ ފަހުން ހުރީ ޝުޖާއު އަލީ އެވެ. މިއަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އޭނާ އެ މަޤާމަށް އިންތިޚާބުވީ ދަ ޑިމޮކްރަޓްސް އިންނެވެ. ނަމަވެސް، މެއި މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ އެމްޑީޕީ އަށް ބަދަލުވެފައި އެވެ.

ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ، އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި އޭނާ ދަފްތަރު ވުމުންނެވެ. ޤާނޫނުގައި އެހެން ބަޔާންކޮށްފައި ވާތީ، ޝުޖާއުގެ ގޮނޑި ގެއްލުނު ކަަމަށް ކަނޑައެޅުމާ އެކު، އެމްޑީޕީ އިން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް ނިންމައިފަ އެެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް