Article Top
ޚަބަރު •

ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި، ހިނިތުންވުން ލިބިފައިވާ ރާއްޖެއެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި، ހިނިތުންވުން ލިބިފައިވާ ރާއްޖެއެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަ ކުރުމަށް ކާށިދޫގައި ބޭއްވި ސައްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަ ދައްކަވަނީ.

ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވަ ދިވެހިރާއްޖެއެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކ.ކާށިދޫގައި ކުރިއަށް ގެންދާ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement
Article Inside

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް ކަމަށާއި، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ މުސްތަޤުބަލު ދަތުރުކުރަމުން ދަނީ އެ އަމާޒަށް ކަމަށެވެ. އެކަމަނާ ވިދާޅުވީ ފާއިތުވި ދެތިން އަހަރުގެ ތެރޭގައި އިސްރަށްވެހިންގެ މަރުކަޒުތަކެއް ހުޅުވެމުން އަންނަ ކަމަށާއި، އެ ތަންތަނުގައި އަގުހުރި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ.

ހަމައެހެންމެ، އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ ގިނަ ވަގުތުތަކެއް އެ މަރުކަޒުތަކުގައި ހޭދަކުރެވޭކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ، އިސްރަށްވެހިންނަކީ ޤައުމުގެ އެންމެ ޤަދަރުވެރި އަދި ޢިއްޒަތްތެރި ބޭފުޅުން ކަމަށެވެ. އިސްރަށްވެހިންނަކީ ޤައުމު މިހާ ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ޤުރުބާނީއެއްވީ، އަދި ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ބިނާކުރުމާ އެކު ޚިދުމަތުގެ މައިދާނަށް ހަދިޔާކުރި ބޭފުޅުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ބަހާއެއް ކަމަށް ވިދާޅުވެފައި އެވެ. ވަކިން ޚާއްސަކޮށް އިސްރަށްވެހިންގެ ނަފްސާނީ އުފާވެރިކަން އަދި ދުޅަހެޔޮކަމަށް ބޮޑު މުހިންމު ކަމެއް ދޭން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް