Article Top
ޚަބަރު •

ރަސްމާލެ މަޝްރޫއަށް ހުރިހާ ވެރިން ތާއިދުކުރޭ، ހުއްޓުވުމަށް އުޅެނީ ހީލަތްތެރި ވިސްނުމެއްގައި: ޝުޖާއު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރަސްމާލެ މަޝްރޫއަށް ހުރިހާ ވެރިން ތާއިދުކުރޭ، ހުއްޓުވުމަށް އުޅެނީ ހީލަތްތެރި ވިސްނުމެއްގައި: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު.

ރަސްމާލޭގައި ހަދާ މޯލްޑިވްސް ވޯޓާ ފްރޮންޓް މަޝްރޫއު ހުއްޓުވަން މަސައްކަތް ކުރަނީ ހީލަތްތެރި ވިސްނުމެއްގައިކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރަސްމާލޭގެ 500 ހެކެްޓަރުގެ ބިން އީގަލް ހިލްސް އަށް ދީގެން ތަރައްޤީ ކުރާ މަޝްރޫއަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހިމެނޭހެން، ވެރިކަން ކޮށްފައި ތިއްބެވި ހުރިހާ ވެރިން ވެސް ތާއީދު ކުރައްވާކަމަށެވެ.

Advertisement
Article Inside

އެ މަޝްރޫއާ ދެކޮޅަށް އެ ހުރިހާ ފަރާތްތަކުން ވާހަކަ ދައްކަނީ ހީލަތްތެރި ވިސްނުމެއްގައި ކަމަށާއި، ބޭނުމަކީ އެ ފަރާތްތަކަށް މަންފާއެއް އެކަމުން ލިބޭތޯ ބެލުން ކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ އަކަށް ވާން ޖެހޭ، ވެރިކަން ކޮށްފައި ތިބި ވެރިންގެ ފަރާތުން ފެންނަނީ ހިތާމަވެރި މަންޒަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މުޅި ޤައުމުގެ މެޖޯރިޓީ ރައްޔިތުން މިއަދު އެދެނީ ޤައުމަށް ލާބަޔާއި މަންފާ ލިބޭ ބޮޑެތި މަޝްރޫއުތައް ކޮންމެ ވެރިކަމެއްގައި ވެސް ލިބެން ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ތަނަވަސްކަން އިތުރުވާން ކަމަށް ފާހަގަ ކުރައްވައި ޝުޖާއު ވިދާޅުވީ، ނަމަވެސް ހިތާމަޔަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ އަކަށް ވާންޖެހޭ އަދި ވެރިކަން ކޮށްފައި ތިއްބެވި ވެރިން އެމީހުންގެ އަމިއްލަ އެދުމާއި ނޭއްގާނީ އަމަލު ތަކުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް ލިބިގެންދާ ފަހި ފުރުސަތުތައް ބީވެގެން ދިއުން ކަމަށެވެ.

އެއާއެކު ޝުޖާއު ވަނީ ވެރިކަން ކޮށްފައި ތިއްބެވި އަދި ރައްޔިތުންގެ ފައިސާ އިން މުސާރަ ދީ، އޮފީސް ހިންގަން ވެސް ރައްޔިތުންގެ ފައިސާ އިން ނަންގަވާ ބޭފުޅުންނަށް އެކަން ހުއްޓާލެއްވުމަށް ގޮވާލައްވައިފަ އެވެ. އީގަލް ހިލްސްގެ މަޝްރޫއަކީ ވެރިކަން ކޮށްފައި ތިއްބެވި ފަރާތްތަކަށް މަންފާވާ ގޮތަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫއެއް ނޫން ކަމަށް ފާހަގަ ކުރައްވައި ޝުޖާއު ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނެ ގޮތަށް ރައީސް މުޢިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫއެއް ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، މި މަޝްރޫއާ ގުޅުވައިގެން ފަލަސްޠީނާއި އިސްރާއީލްގެ ވާހަކަ މި މައުޟޫއުގައި ރައީސް ޔާމީން ދައްކަވަނީ ނުލަފާ ވިސްނުމެއްގައި ކަމަށެވެ. އެއާއެކު ޝުޖާއު ވިދާޅުވީ، ފަލަސްޠީނުގެ ޙައްގުގައި ރައީސް ޔާމީން ނުކުރައްވާ މަސައްކަތް، މި ފާއިތުވި ތިން އަހަރުގެ ތެރޭގައި ރައީސް މުޢިއްޒު ކުރައްވާފައިވާ ކަމަށެވެ. އެކަން ފަލަސްޠީނުގެ ރައްޔިތުން އަދި މުޅި ދުނިޔެ އަށް ވެސް ސާބިތުކޮށްދެއްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް