Article Top
ޚަބަރު •

ވޯލްޑް ޓެރެވަލް އެވޯޑްސްގެ ދެ ކެޓަގަރީ އަކަށް ވެލާނާ އެއާޕޯޓް ނޮމިނޭޓުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވޯލްޑް ޓެރެވަލް އެވޯޑްސްގެ ދެ ކެޓަގަރީ އަކަށް ވެލާނާ އެއާޕޯޓް ނޮމިނޭޓުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ އެވޯޑުގެ ދެ ކެޓަގަރީ އަކަށް ދިވެހިންގެ ފަޚުރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓުވެއްޖެ އެވެ.

މި އެވޯޑުގައި ވެލާނާ އެއާޕޯޓް ނޮމިނޭޓުވެފައި ވަނީ ވޯލްޑްސް ލީޑިން އެއާޕޯޓް 2026 އަދި ވޯލްޑްސް ލީޑިން އެއާޕޯޓް-ކަސްޓަމާ އެކްސްޕީރިއަންސް 2026ގެ ކެޓަގަރީ އަށެވެ.

Advertisement
Article Inside

މި އެވޯޑުގެ ތެރެއިން ވޯލްޑްސް ލީޑިން އެއާޕޯޓް ކެޓަގަރީ އަށް ވޭލާނާ އެއާޕޯޓުގެ އިތުރުން، ދުނިޔޭގެ މަޝްހޫރު އެހެން އެއާޕޯޓުތަކެއް ވެސް ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޮޓް އާއި، ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓް އާއި، ސިންގަޕޫރުގެ ޗާންގީ އެއާޕޯޓް އާއި، އެޓްލާންޓާގެ ހާޓްސްފީލްޑް ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓް އާއި، ޒިއުރިކް އެއާޕޯޓް އަދި ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.

މީގެ އިތުރުން ވޯލްޑްސް ލީޑިން އެއާޕޯޓް-ކަސްޓަމާ އެކްސްޕީރިއަންސް އިން ވެސް ވޭލާނާ އެއާޕޯޓުގެ އިތުރުން 12 އެއާޕޯޓެއް ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް އާއި، ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓް އާއި، ޗާންގީ އެއާޕޯޓްގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓް ފަދަ އެއާޕޯޓުތައް ހިމެނެ އެވެ.

މި އެވޯޑުތަކަށް ވޯޓުލުމަށް މިހާރު ހުޅުވާލާފައިވާއިރު، ވެލާނާ އެއާޕޯޓް އަށް ވޯޓު ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެދިފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް