Article Top
ޚަބަރު •

އަންނަ މަހު ވިލިނގިލީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށޭނެ: މިނިސްޓަރު އަމީން

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އަންނަ މަހު ވިލިނގިލީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށޭނެ: މިނިސްޓަރު އަމީން

ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ---

އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ގއ. ވިލިނގިލީ ފަޅުގައި އަޅާ އެއާޕޯޓާއި ރިސޯޓުތައް ހެދުމުގެ މަސައްކަތް ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި 9 ވަނަ އަހާ ފޯރަމްގައި ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މިހާރު އައު ކޮންޓްރެކްޓަރަކާއެކު އެ ރަށުގެ ފަޅުގައި އެއާޕޯޓު ތަރައްގީކޮށް 14 ރިސޯޓު ތަރައްގީކުރުމަށް ސޮއިކުރެވި، އެ މަސައްކަތް އޮތީ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިކަމަށެވެ.

Advertisement
Article Inside

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ޖޭވީ ކުންފުންޏަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.

ސަރުކާރުން އޭރު ބުނި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫއާ އެކު ހެލިޕޯޓަކާއި ޔޮޓް މެރީނާ ވެސް ތަރައްގީކުރަން ނިންމައިފައިވެ އެވެ. އަދި މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަމަޖެހިފައިވާއިރު 5،000 އެނދު އުފައްދައި 17 ރިސޯޓެއް ވެސް ތަރައްގީކުރާނެ ކަމަށްވެސް ސަރުކާރުން އޭރު ބުނި އެވެ.

ސަރުކާރުން އެ ދުވަހު އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް