Article Top
ޚަބަރު •

"19 އަހަރުން ތަރައްޤީ ނުކުރެވުނު ނާގޯށި އަންނަ އަހަރު ހުޅުވަނީ"

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

"19 އަހަރުން ތަރައްޤީ ނުކުރެވުނު ނާގޯށި އަންނަ އަހަރު ހުޅުވަނީ"

ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ---

ރިސޯޓެއް ހަދަން 19 އަހަރު ކުރިން ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކުރި ހދ. ނާގޯށީގައި ރިސޯޓު ހަދައި ކުރިއަށް އޮތް 11 މަސް ދުވަސް ތެރޭގައި ހުޅުވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރޭ ސަރުކާރުން ބޭއްވި އަހާ ފޯރަމްގެ 9 ވަނަ ފޯރަމްގައި ބައިވެރިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މިހާރު ނާގޯށީގައި ހަދާ ރިސޯޓުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

Advertisement
Article Inside

ކުރީގެ ހުރިހާ ސަރުކާރުތަކުން ހަދަން މަސައްކަތްކުރި ނާގޯށި ރިސޯޓު ހަދަން އަލުން އެމްޓީޑީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.

އަމީން ވިދާޅުވީ ސަރުކާރުން އަމާޒު ހިފީ މިއަހަރުގެ ނޮވެމްބަރު 11 ގައި އެ ރިސޯޓު ހުޅުވަން ކަމަށެވެ. ނަމަވެސް މަސައްކަތަށް ބައެއް ސަބަބުތަކާހުރެ ލަސްކަމެއް އައިސް، އަދި އެ މަސައްކަތް ނިންމުމަށް 11 މަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެ ތަން ތަރައްޤީ ކުރަން އެމްޓީޑީސީއާ ހަވާލުކުރީ، ބީޗު ވިލާ އާއި ޖަކޫޒީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނޭ ގޮތަށް ހަތަރު ކެޓެގަރީއެއްގެ ކޮޓަރި ހިމެނޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް