މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މާދޫ ގޭގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އަތުލައިގެންފައިވާ ތަކެތި.
މާލޭގައި ބަނގުރާ ދައުރު ކުރާ ބޮޑު ނެޓްވޯކެއް ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގެންފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ ޚިދުމަތުގެ ފަރާތުން ހ.މާދޫގޭގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. މިއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި، މާދޫ ގޭގެ ފުރަތަމަ ފަންގިފިލާގެ އިތުރުން، ފަސް ވަނަ ފަންގިފިލާ އިން ވެސް ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް