ގައިދީން އިސްލާހުކޮށް އަނބުރައި މުޖުތަމައަށް ނެރުމަކީ ކަރެކްޝަން އޮފިސަރުންގެ ޒިންމާއެއް: އިހުސާން
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މިނިސްޓަރު އިހުސާން---
ޖަލުތަކުގެ ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކަށް ހިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖުތަމައު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ތިން ވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މީހަކު ކުށްކޮށްގެން ކޯޓު ޕްރޮސެސްއަށްފަހު ޖަލަށް އައިސް، ޖަލުން ނިކުމެ އަނބުރާ މުޖްތަމައަށް ދިއުމާމެދު އެމީހުންނާ ހަވާލުވެ ތިބެނީ ޕްރިޒަން އޮފިސަރުން ކަމަށެވެ.
ކޮންމެ އޮފިސަރެއް ވެސް ލިބިދޭ ތަމްރީނުންނާއި ދިރިއުޅޭ އާއިލާ އަދި މުޖްތަމައުގެ ތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދެމެހެއްޓުމަށް މިނިސްޓަރު ވަނީ ކަރެކްޝަން އޮފިސަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ދައުލަތަށާއި އިދާރާއަށާއި އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، އަދި ކޮންމެ މީހަކު ކޮންމެ ހުށަހެޅުމެއް ހުށަހެޅިޔަސް ނުގުދާފަދަ އަޒުމު ކަރެކްޝަން އޮފިސަރުން ކަނޑައަޅަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް