Article Top
ޚަބަރު •

ކުރިން ފަސް ތަނަކުން ޕާސްޕޯޓު ދޫކުރަމުން އައި ނަމަވެސް، މިހާރު 39 ތަނަކުން ޕާސްޕޯޓު ދޫކުރާނެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކުރިން ފަސް ތަނަކުން ޕާސްޕޯޓު ދޫކުރަމުން އައި ނަމަވެސް، މިހާރު 39 ތަނަކުން ޕާސްޕޯޓު ދޫކުރާނެ

ދިވެހި ޕާސްޕޯޓު.

މީގެ ކުރިން ރާއްޖޭގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދެމުން އައީ އެންމެ ފަސް ތަނަކުން ކަމަށް ވީ ނަމަވެސް، މިހާރު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް 39 ތަނަކުން ލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި އާންމު ގޮތެއްގައި ދުވާލަކު 350 ވަރަކަށް ޕާސްޕޯޓަށް އެދެމުން އަންނަ ކަމަށެވެ. ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޭރު މޯލްޑިވްސް އިމިގްރޭޝަން އިން ޕާސްޕޯޓު ދޫކުރަމުން އައީ ރާއްޖޭގެ ފަސް ތަނަކުންކަން ފާހަގަ ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މިހާރު އެ ޚިދުމަތް ރާއްޖޭގެ 39 ތަނަކުން ދެމުން އަންނަ ކަމަށެވެ.

Advertisement
Article Inside

އެއާއެކު މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ރަށާ ވީހާވެސް ކައިރިން، ނުވަތަ ދިރިއުޅޭ ތަނާ ވީހާވެސް ކައިރިން މިފަދަ ޒަރޫރީ ޚިދުމަތްތައް ދިނުމަކީ އަދުގެ ސިޔާސަތު ކަމަށެވެ. އަދި އެކަމަކީ ރައީސް މުޢިއްޒު އެދިވަޑައިގަންނަވާ ގޮތް ކަމަށާއި، އިމިގްރޭޝަން އިން މިހާރު އެގޮތަށް ކަންކަން އިންތިޒާމުކޮށް ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން ޕާސްޕޯޓުގެ ޚިދުމަތް މީގެ ކުރިން ވެސް ދެމުން އައި އާންމު އުސޫލުން ދޭން ފަށާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަށް ޕާސްޕޯޓަށް އެދޭ މީހާ އަށް، އޭނާގެ ޕާސްޕޯޓު ހަވާލު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް