ދ.މީދޫގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ލިޔުންތެރިޔާ
މީދޫގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް ސްޓެލްކޯ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ދ.މީދޫގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
މީދޫގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވުމަށް ބުރާސްފަތި ދުވަހު ވަނީ އެ ރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު އެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ފެނަކަ އުވާލައި، އެ ކުންފުނިން ދެމުން އައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ނިންމައިފަ އެވެ. އެއީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެމަނިކުފާނު ނިންމެވި ނިންމެވުމެވެ.
އެއާއެކު މިހާރު ސްޓެލްކޯ އިން ކުރަމުން އަންނަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުރި އިންޖީނުގެތަކާ ހަވާލުވުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯގެ އެންމެ ބޮޑު މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަސޭހަ އިން އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް