Article Top
ޚަބަރު •

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަލީ ރަޝީދު.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި، އަލްއުސްތާޛް އަލީ ރަޝީދު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު ވަނީ ރިޓަޔާ ކުރައްވަން ބޭނުންފުޅުވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެކަން ހުށަހަޅުއްވައިފަ އެވެ. އެކި އެކި މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ތެރޭގައި އެވެ.

Advertisement
Article Inside

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލީ ރަޝީދު އައްޔަން ކުރައްވާފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލީ ރަޝީދު ހުންނެވީ، ކްރިމިނަލް ކޯޓުގެ ގާޒީގެ މަޤާމުގައި އެވެ. އަލީ ރަޝީދު ވަނީ އޭގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ.

އަލީ ރަޝީދާ އެކު ސުޕްރީމް ކޯޓުގައި ބެންޗުގައި ތިއްބަނީ ހަ ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އާއި، ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމް އާއި، ފަނޑިޔާރު ޙުސެއިން ޝަހީދު އާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް