2027 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ
ލިޔުންތެރިޔާ
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލު ތަކަށް ފިނޭންސް މިނިސްޓަރު ޖަވާބު ދެއްވަނީ.
2027 ވަނަ އަހަަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު، މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން އެކަން އިއުލާން ކުރެއްވީ މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ އެވެ. އެގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:30 ގައި އެވެ.
މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އެވެ. އެންމެ ފަހުން އޮތް މިނިސްޓަރުންގެ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ، އަމާޒަކީ މިއަހަރު ވެސް ސަޕްލަމެންޓްރީ ބަޖެޓަކަށް ނުގޮސް، މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކަންކަން ހަމަޖެއްސުން ކަމަށެވެ.
ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު، ކޮންމެ އަހަރެއް ވެސް ނިމުމުގެ ދެ މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އެ ބަޖެޓަށް މުޅި މަޖިލީހުގެ ކޮމެޓީ އިން ބަހުސްކޮށް، ގެންނަންވާ ބަދަލުތައް ގެނައުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް