ކުޅުދުއްފުށީ ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމުން ދިފާއީ ބާރުން އެހީވެއްޖެ
ލިޔުންތެރިޔާ
ކުޅުދުއްފުށީ ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުން--- ފޮޓޯ/ އެމްއެންޑީއެފް
ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މި ލޯންޗު، ދިޔަވާން ފެށިކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު 5:35 ހާއިރު ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ފަޔާމަނުން ކުރި މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ 7:50 ހާއިރެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، ލޯންޗުގެ ސައިލެންސަރަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް