Article Top
ލައިފްސްޓައިލް •

ފެން ފަށަލައާ ހެދި ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ފެން ފަށަލައާ ހެދި ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލައިފި

ސަހަރާގައި ކޮނެފައިވާ ވަޅެއްގައި ފެން ހެދިފައި ---

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ކުރި އެކްސް ޕޯސްޓެއްގައި ބުނީ ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދުގައި ފެން ހެދިފައިވާ ކަމަށެވެ.  

Advertisement
Article Inside

އެހެންވެ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލުމަށްފަހު މައްޔިތުން ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ސަރަހާއިން ފެން ހިއްކުމަށްފަހު އެތަނުގައި މީހުން ވަޅުލަން ފަށާނެ ވަކި ދުވަހެއް ސިޓީ ކައުންސިލުން ބުނެފައެއް ނުވެއެވެ.

ބޯކޮށް ވާރޭވެހިއްޖެ ނަމަ، ފެންބޮޑުވުމުގެ މައްސަލަ ހުޅުމާލޭ ސަރަހާ އަށް ދޭތެރެ ދޭތެރެއިން ދިމާވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް