Article Top
ޚަބަރު •

ސަމާލުވޭ! މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހޭނެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ސަމާލުވޭ! މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހޭނެ

މޫސުން ---

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އެ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މިއަދު 10:20 އިން 16:20 އަށެވެ. އެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

Advertisement
Article Inside

ހަމައެއާއެކު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިޔަށް އޮތް ހަފްތާ ބަންދުގައިވެސް ވިއްސާރަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި މުޅި ރާއްޖެއަށް ވައި ޖެހެމުންދާނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެއެވެ.

އެއާއެކު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އެކި ވަގުތުތަކުގައި ވިއްސާރަކޮށް، ބޯކޮށް ވާރޭވެހެމުން އަންނައިރު، ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް