Article Top
ޚަބަރު •

ރާއްޖެ އާއި ޕާކިސްތާންގެ ވިޔަފާރި 13 މިލިއަން ޑޮލަރުން، 200 މިލިއަން ޑޮލަރަށް އިތުރު ކުރަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖެ އާއި ޕާކިސްތާންގެ ވިޔަފާރި 13 މިލިއަން ޑޮލަރުން، 200 މިލިއަން ޑޮލަރަށް އިތުރު ކުރަނީ

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ދިވެހިރާއްޖެ އާއި ޕާކިސްތާންގެ ވިޔަފާރި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، މިހާރު ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ކުރެވޭ ވިޔަފާރީގެ މިންވަރު ހުރީ 13.9 މިލިއަން އެމެެރިކާ ޑޮލަރުގައި ކަމަށެވެ.

Advertisement
Article Inside

އެހެން ނަމަވެސް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 13.9 މިލިއަން އެމެރިކާ ޑޮލަރުން، 200 މިލިއަން އެމެރިކާާ ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި ސޮއި ކޮށްފައި އެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދިޔަ މަތީ ފަންތީގެ މަޝްވަރާ ތަކުގައި ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމާާއި، ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ކަންކަން ހިމެނޭ ކަމަށް ވެސް ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒްގެ ރަސްމީ ދައުވަތަަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް