Article Top
ޚަބަރު •

ރަސްމާލޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު، އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރަސްމާލޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު، އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ: ރައީސް މުޢިއްޒު

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ،

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ ބިޔަ ބޮޑު މަޝްރޫއު ނިމުމުން، އެ ތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ޑޮކްޓަރު މުޙަައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އަންގާަރަ ދުވަހު "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއު ނިމުނުން އެ ތަނުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ކަމަށެވެ.

Advertisement
Article Inside

ރަސްމާލޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ ފުރުސަތާއި، އެ މީހުންގެ ދީންތަކުގެ ތަންތަން ބިނާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ދޮގު ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެހެން ދީނެއްގެ ޝިއާރު ވެސް ފާޅު ނުކުރެވޭނެ ކަަމަށެވެ.

އެއާއެކު ރައީސް މުޢިއްޒު ވަނީ މިސާލެއްގެ ގޮތުގައި ރިސޯޓުތަކާއި، މާލޭގައި އުޅެމުން އަންނަ ބިދޭސީންގެ ވާހަކަ ފާހަގަކުރައްވައިފަ އެވެ. ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި އެއްފަހަރާ އެތައް ލައްކަ ފަތުރުވެރިން އުޅެމުން އަންނައިރު، އެ ފަރާތްތަކަަށް އެހެން ދީންތަކަށް އަޅުކަން ކުރުމުގެ ފުރުސަތު ނޯންނަ ކަމަަށް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މާާލޭގައި އެތައް ހާސް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރި ވަމުން އަންނައިރު، އެ ފަރާތްތަަކަށް ވެސް އެ ފުރުސަތު ނޯންނަ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން ރަސްމާލޭގައި ވެސް އެހެން ދީނެއްގެ އެއްވެސް ކަމަކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނެއްގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވި އެވެ. އަދި ރަސްމާލޭގައި ވެސް މިސްކިތްތައް ބިނާ ކުރެވިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއްގެ ޝިއާރަކަށް ދުވަހަކު ވެސް ފުރުސަތެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ. ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ދުވަހަކު ވެސް އެފަދަ ކަމެއް ނުހިންގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ،

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް