Article Top
ކުޅިވަރު •

އޭއެފްސީގެ އެހީގައި 3 ޓާފް ދަނޑު ތަރައްގީކުރަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭއެފްސީގެ އެހީގައި 3 ޓާފް ދަނޑު ތަރައްގީކުރަނީ

މާފަންނު ޓާފް ދަނޑުގައި ބުރު ސްޕޯޓްސްގެ ފަރިތަކުރުންތަކެއްގެ ތެރެއިން -- ފޮޓޯ/ބުރު ސްޕޯޓްސް

ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ ދަނޑުގެ ދަތިކަމަށް ބޮޑު ހައްލެއް ހޯދައިދިނުމުގެ ގޮތުން، އޭޝިއާގެ ފުޓުބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ގެ އެހީތެރިކަމާއެކު މާލޭގައި އާ ޓާފް ތިން ފުޓުބޯޅަ ދަނޑު ތަރައްގީކުރަން ނިންމާފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން ހުށަހެޅި ޕްރޮޖެކްޓް ޕްރޮޕޯސަލް އޭއެފްސީން ފާސްކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ދެ ދަނޑު އަޅަން ހަމަޖެހިފައިވަނީ މާފަންނު ވެލި ދަނޑު ސަރަހައްދުގައެވެ. އެއީ ކުރިން އެފްއޭއެމް މިނީ ޓާފް ދަނޑުތައް ހުރި ސަރަހައްދެވެ. އަދި ތިންވަނަ ދަނޑަކަށް ހަމަޖެހިފައިވަނީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މާފަންނު ޓާފް 2 އެވެ.

Advertisement
Article Inside

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ވެލި ދަނޑު ސަރަހައްދުގައި ހުރި އަމިއްލަ ފަރާތެއްގެ ގުދަން ހުސްކުރުމުގެ މަސައްކަތް މިހާރު އެ ފަރާތާ ގުޅިގެން ކުރަމުންދާ ކަމަށާއި، އެތަން ހުސްވުމާއެކު ތަޅާލައި ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި ތިން ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރާއި އެފްއޭއެމް ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ކަންކަމުގެ އިތުރުން، ސަރުކާރުގެ އެހީތެރިކަމާއެކު މާފަންނު ޓާފް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ނިންމައިފަ އެވެ. މާފަންނު ޓާފް ދަނޑުތަކުގެ ހާލަތު ގޯސްވެ، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ގިނަ ޝަކުވާތަކެއް ކުރަމުންދާއިރު، މި މަޝްރޫއުތައް ވެގެންދާނީ ރާއްޖޭގެ ކްލަބްތަކަށް އަދި ހާއްސަކޮށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ލިބިގެންދާނެ ނުހަނު ބޮޑު ލުޔަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް