Article Top
ޚަބަރު •

މިނިސްޓަރުންގެ 10 ވަނަ "އަހާ" ފޯރަމް މިރޭ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މިނިސްޓަރުންގެ 10 ވަނަ "އަހާ" ފޯރަމް މިރޭ

މިރޭ އޮންނަ އަހާ ފޯރަމްގައި ބައިވެރިވާާ މިނިސްޓަރުން.

ސަރުކާރުން ބާއްވަމުން އަންނަ މިނިސްޓަރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ އޮންނާނެ އެވެ.

ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމް އަކީ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ މިނިސްޓަރުން ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަމުގެ ސުވާލާއި، ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓަރުންނާ ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

Advertisement
Article Inside

މިހާތަނަށް "އަހާ" ފޯރަމްގެ ނުވަ ބައްދަލުވުން ބާއްވާފައިވާއިރު، މިރޭ އޮންނަނީ މި ސިލްސިލާގެ 10 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ވެސް ތިން މިނިސްޓަރަކު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެގޮތުން މިރޭގެ ފޯރަމްގައި ވަޑައިގަންނަވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އަދި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް އެވެ.

މި ފޯރަމްގައި އެތަނަށް ހާޒިރުވެ ސުވާލު ކުރުމުގެ ފުރުސަތު އޮންނައިރު، ސޯޝަލް މީޑިިއާގެ ފްލެޓްފޯމްތައް މެދުވެރިކޮށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ އެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައި މިރޭ 21:00 ގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް