Article Top
ޚަބަރު •

މާލެ ސަރަހައްދުގައި ބަރު އުޅަނދު ނުދުއްވޭނެ ގަޑިތަކެއް ކަނޑައަޅައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މާލެ ސަރަހައްދުގައި ބަރު އުޅަނދު ނުދުއްވޭނެ ގަޑިތަކެއް ކަނޑައަޅައިފި

މާލެ މަގުތައ ފުލުހުން ބަލަހައްޓަނީ --

މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ ހިނގައިބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ވެސް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މުދާ އުފުލާ އަދި ބަރު އުޅަނދުތައް ނުދުއްވޭނެ ވަކި ހާއްސަ ގަޑިތަކެއް ސަރުކާރުން ކަނޑައަޅައި އެ އަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން އިއްޔެ އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތަކެއް އެ ވުޒާރާއިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement
Article Inside

މިނިސްޓްރީން ބުނީ މިގޮތަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވަނީ މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުގައި 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތައް ނުވަތަ ކުދި ޕިކަޕް ސައިޒުގެ އުޅަނދުތަކުން ފެށިގެން މަތީގެ ބަރު އުޅަނދުތައް ވަކި ގަޑިތަކެއްގައި މާލެ އާއި ހުޅުމާލޭގައި އެއްކޮށް ކަހަލަ ގޮތަކަށް ދުއްވުން މަނަލެވެ. 

އެގޮތުން އެފަދަ ވެހިކަލްތައް ހެނދުނު 06:00 އިން 08:30 އަށް 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައްޔާއި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތަކާއި ފޯކްލިފްޓުތަކާއި ޓްރަކް، ކެރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުތައް ވަކި މަގުތަކެއްގައި ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ. އެވަގުތުތަކުގައި އެފަދަ ވެހިކަލްތައް ދުއްވުން މަނާކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން ހުރިހާ މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ސިނަމާލެ ބްރިޖާއި ހައިވޭގައެވެ.

މިނިސްޓްރީން ވަނީ މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މި ގަޑިތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް